English Edition
Dhivehi Edition

ގައުމީ ދިފާއީ ބާރުގެ އިސް ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމްގެ ބައްޕާފުޅު، ކޮވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެއެވެ.

މިއަދު ކޮވިޑް19 އަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ރ.އަތޮޅު ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރުކަން ކުރެއްވި ރ.ކެދޮޅުދޫ އިސްމާއިލް ޒަކަރިއްޔާއެވެ. އިސްމާއިލް ޒަކަރިއްޔާ ކޮވިޑް19 ގައި ނިޔާވިކަން ހާމަކުރައްވަމުން. އޭނާގެ ދަރިފުޅު، އިބްރާހިމް އާޒިމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިސްމާއިލް ޒަކަރިއްޔާ ނިޔާވެފައިވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މީގެ ކުރިން އާޒިމް ވިދާޅުީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާ ދިނުމަށްފަހު، އިސްމާއިލް ޒަކަރިއްޔާގެ ހާލުބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރީ، މިދިޔަ މަހު 14 ވަނަ ދުވަހުކަމަށާއި އިސްމާއިލް ޒަކަރިއްޔާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރަށް އާޒިމް ވިދާޅުވީ އިސްމާއިލް ޒަކަރިއްޔާއަކީ ބޮޑު ބައްޔަކަށް މީގެ ކުރިން ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށާއި އެ އުމުރުގައިވެސް އުޅުއްވަނީ ވަރަށް ހަކާތްތެރިކޮށް ކަމަށެވެ.އަދި އިސްމާއިލް ޒަކަރިއްޔާއަކީ ގެއިން ބޭރަށް ނުކުން މީހެއް ނޫންކަމަށާއި ބަލި ޖެހިފައިވަނީ ގެއިން ބޭރުން އައި އެހެން މީހެއްގެ ފަރާތުން ކަމަށް ބެލެވޭކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްގެ ވެސް ބައްޕަ އިސްމާއިލް ޒަކައްރިއްޔާ ވަނީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1809 މީހަކަމަށެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 32 މީހަކު ނިޔާވެފައިވާއިރު މިހާތަނަށް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެއްސަކާއި 07 ބިދޭސީއެކެވެ.