English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫގައި މިރޭ ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ، މި އެކްސިޑެންޓް ގައި ލިބުނު އަނިޔާތަކުގެ ސަބަބުން ނިޔާވީ އައްޑޫ ސިޓީ މަރަދޫ ވަލިގޭ އަލީ ހަނީފް އެވެ. އަލީ ހަނީފް އަކީ ހިތަދޫ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ސްޕީޑް ބްރޭކަރު މަތިން އަރަން އުޅެނިކޮށް ކަހާލައިގެން ވެއްޓިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މަރަދޫ “1000 ބީސީ” ރެސްޓޯރެންޓް ކުރިމަތިން މި އެކްސިޑެންޓް ހިނގިއިރު ސައިކަލްގައި އިނީ އަލީ ހަނީފް އެކަންޏެވެ.