English Edition
Dhivehi Edition
ލިޔުނީ: މުހައްމަދު ހިޒްޔަމް
އައްޑޫ ހުޅުމީދޫ ގައިހުންނަ ޝަމްސުއްދީން ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒް(އެ.ސް.ސީ.އައި.އެސް) ގެ ފައުންޑަރ މެމްބަރ އުސްތާޛު އިޔާޒް ނަސީމްގެ އޮންލައިން ޢަރަބި ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ބޭސިކް ލެވެލްގެ ކޯހެކެވެ.
ކޮވިޑާއި ގުޅިގެން ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި އެކު ކިޔެވުމާއި ކިޔަވައިދިނުމަށް އައި ބަދަލާއި އެކު އެ.ސް.ސީ.އައި.އެސްގެ މި ކޯސްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް ގޫގުލް ކްލާސްރޫމްގައެވެ. އެގޮތުން މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ޒޫމް އަދި ގޫގްލް ކްލާސްރޫމް ބޭނުންކުރަން އެނގުމުގެ އިތުރުން ޢަރަބިބަހުން ލިޔަންކިޔަން އެނގުމާއެކު އުމުރުން 16 އަހަރުން މަތީގެ މީހަކަށް ވާން ޖެހެއެވެ. ،މި ކޯހުގެ މުއްދަތަކީ 2 މަސްދުވަހެވެ.
މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. ނަން ނޯޓުކުރަން ބޭނުންވާ ފަރާތްތަކުން އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7786362 މި ނަންބަރަށް ގުޅުއްވުމުން އެކަން ހަމަޖެހިގެން ދާނެއެވެ.
ޝަމްސުއްދީން ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒްއަކީ ހުޅުމީދޫގެ ދަރިންނަށް މަތީތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތް ކުރަމުންދާ މަރުކަޒެކެވެ. މިވަގުތު މިސެންޓަރުގައި އަރަބިކް ލެންގްވިޖް ލެވެލް 2ގެ ކޯހަކާއި، އެވިޑް ކޮލެޖްގެ ޝަރީޢާ ޑިޕްލޮމާ، އޮފީސް މެނޭޖްމަންޓް ޑިޕްލޮމާ ކޯހާއި، ޔޫސީމަސް ކިލާސް ތައްވެސް ކުރިއަށް އެބަދެއެވެ. އަދި މިހިންގާ ސެޕްޓެމްބަރ މަހުގެ ފަހުކޮޅު ޕޮލިޓެކްނިކްގެ އިލެކްޓްރީޝަން ކޯހެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. މި ކޯހަކީ 6 މަސް ދުވަހަށް ހިންގާނެ ކޯހެއްކަމަށް އެތަނުން މައުލޫމާތު ދެއްވައެވެ،