English Edition
Dhivehi Edition

ގާނޫނީ ވެރިކަމެއް ވައްޓާލަން ގޮވާލައްވަނީ ޑިމޮކްރަޓިކް ކޮން އަސާސަކުންތޯ، ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ސުވާލުކުރައްވައިފިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އަށް އަމާޒުކޮށް ޝައިނީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ ހިމާޔަތުގައި ގާނޫނީ ވެރިކަން ވައްޓާލަން ގޮވާލަނީ ޑިމޮކްރަޓިކް ކޮން އަސާސަކުންތޯއެވެ.

މީގެ ކުރިން ޝައިނީ ވަނީ މި ސަރުކާރުގައި ‘ގަޓު’ އެބަހުރި ކަމަށާއި ހިމޭނުން ސަރުކާރު އޮތުމުން ގަޓު ނެތް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޝައިނީ ވިދާޅުވީ “ނަމަނަމަ” ކިޔާފައި ދައްކާ ވާހަކައަކަށް އަދި މަޖިލީހުން ނަގާ ވޯޓަކާއި ގުޅިގެން ރައީސް ޔާމީންގެ ކެބިނެޓުގެ އެއްވެސް މެމްބަރަކު އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ޝައިނީ ދަނީ، ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.