English Edition
Dhivehi Edition

ދިރާގު މޯބައިލް ކަސްޓަމަރުންނަށް ޚާއްސަ ސްޓްރީމިންގ ބަންޑަލްސް އިން މިހާރު ދިވެހިންގެ މެދުގައި މަޝްހޫރު ސޯޝަލް މީޑިއާ މޮބައިލް އެޕްލިކޭޝަނެއް ކަމަށް ވާ “ޓިކްޓޮކް” އިންވެސް ބަލާލެވޭނެއެވެ. މި ސްޓްރީމިންގ ބަންޑަލްގައި ހިމެނޭ އެހެން އެޕް ތަކުގައި ނެޓްފްލިކްސް އަދި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިންގ އެޕްލިކޭޝަންތައް ހިމެނެއެވެ.

މި ބަންޑަލްތައް މަދުވެގެން 65 ރުފިޔާ އަށް 5 ސެޕްޓެމްބަރ 2020 އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ.

މި ބަންޑަލްތައް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް “ކީވޯރޑް” އެސްއެމްއެސް ކުރައްވައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައިވެސް ވަރަށް މަޤުބޫލު އެޕެކެވެ. މި އެޕްލިކޭޝަނަކީ ހަމައެކަނި ފަރި ހަރަކާތް ތަކާއި ތަފާތު ހުނަރު ދައްކާލާ އެޕްލިކޭޝަނެއް އެކަންޔެއް ނޫނެވެ. މި އެޕްގައި ކޮންޓެންޓް ތައްޔާރުކުރާ ބައެއް ފަރާތްތަކަށް އެޕް މެދުވެރިކޮށް ފައިސާވެސް ހޯދެއެވެ. ޓިކްޓޮކް އަކީ މިހާރު އެންމެ ފުޅާދާއިރާ އެއްގައި ކުރު މޮބައިލް ވިޑިއޯ ހިމެނޭ އެޕްލިކޭޝަނެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޓެގު