Raees ge hashi kolhugai hulhu jahan govi meehaa hayyaru kohfi - AO News
English Edition
Dhivehi Edition

Worldwide

  • 28,946,628confirmed
  • 20,813,150recovered
  • 7,208,868active
  • 924,610deaths

Maldives

  • 9,052confirmed
  • 7,055recovered
  • 1,960active
  • 32deaths

ކޮވިޑް 19 ކަވަރޭޖް

2 ހަފްތާ ކުރިން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 47 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން މީހަކު ގޮވާލީ ބުރާސްފަތި ދުވަހު މެންދުރު 1:00 ޖެހިއިރު “ރައްޔިތުންގެ އަޑު” ގެ ނަމުގައި ޗެނަލް 13 އިން ވަގުތުން ފޮނުވި ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެ މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް މިކަން ކުށްވެރިކޮށް އެތައް ބަޔަކުދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅިގެން ޗެނަލް 13 އިން މިހާރުވަނީ މަޢާފަށް އެދި ބަޔާނެއް ނެރެފައެވެ. އޭގައިވާ ގޮތުން ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ޞާލިޙަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށް ބުނެފައިވެއެވެ.

އެމީހާ އެހެން ބުނުމާއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށާއި ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން ޗެނަލް 13 އިން ވަނީ މައާފަށް އެދިފައެވެ. މީގެ އިތުރުން އެ ޗެނަލުން ބުނީ، ޗެނަލް 13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ޚިލާފު ކަންކަން ކުރުމަށް އެ ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ސްޓޭޝަނަށް ބެލުންތެރިން ކުރާ އިތުބާރާއި ދެމުންދާ އެއްބާރުން ޗެނަލް 13 އިން ވަނީ ފާހަގަކޮށްފައެވެ.