English Edition
Dhivehi Edition

 

ރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 112 ދިވެހިންނާއި، 13 ބަންގްލަދޭޝް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މިއާއެކު ރާއްޖޭގެ 38 ރަށަކުން ވެސް ކޮވިޑްގެ ބަލި މީހުން ފެނިފައި ވެ އެވެ. އަދި 20 ރިސޯޓަކުން 45މުވައްޒަފުންނާއި 17 ޓޫރިސްޓުންނަށް ކޮވިޑް ބަލި ޖެހިފައި ވެ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭ ރާއްޖެއިންމި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 180އެވެ. މިއަދަދާއެކު މިހާތަނަށް 5822 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. .

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 8,486 އަށް އަރާފައިވާއިރު، ރާއްޖޭގައި މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުންދަނީ 2629 މީހުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 119460 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 1235 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 168 މީހަކު ފަރުވާ ހޯދަމުން އަންނަ އިރު މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 29 މީހުންނެވެ.