English Edition
Dhivehi Edition

ހުޅުމީދޫ ގައި ހުންނަ އެސްޓީއޯ ފިހާރަ މެދުވެރިކޮށް ވިއްކަމުން އައި މޯލްޑިވް ގޭސް އެސްޓިއޯއިން ވިއްކުން ހުއްޓާލައިފިއެވެ.

ހުޅުމީދޫ އެސްޓިއޯއިން މޯލްޑިވްގޭސް ވިއްކުން ހުއްޓާލީ ސޯލް ޑިސްޓްރިބިއުޓަރ މެދުވެރިކޮށް އެޚިދުމަށް ދިނުމަށްޓަކައެވެ.މިގޮތުން ސޯލް ޑިސްޓްރިބިއުޓަރުންގެ ގޮތުގައި ހުޅުދޫ ޑޭޒީ ސްޓޯރާއި މީދޫ އިންޓެންސް ހަމަޖައްސާފައިވާއިރު މި ދެ ފިހަރައިންވެސް، ގޭސް ވިއްކަމުންދާނީ ކުރިން އެސްޓިއޯއިން ގޭސް ވިއްކި އަގުގައެވެ.

މޯލްޑިވް ގޭސް ގެ ޚިދުމަށް ހޯދުމަށް އިންޓެންސްގެ 7905500 އަށް ގުޅުމުން ގޭސް ލިބޭގޮތަށް ހަމަޖެހިފައިވާއިރު ޑެއިޒީ ސްޓޯރުގެ 6894729 އަށް ގުޅުމުން މި ހިދުމަތް ލިބިގެންދާނެއެވެ.