English Edition
Dhivehi Edition

މީގެ އަހަރުތަކެއް ކުރިން ޑިސްކޯ ޑާންސާގެ ތަރި މިތުން ވަނީ ޑަސްބިނަކަށް އެއްލާލާފައިވާ ތުއްތު އަންހެންކުއްޖަކު އެޑޮޕްޓްކޮށްފައެވެ.ތުއްތުކުއްޖަކު ރޯއަޑު އެ ހިސާބުގައި ދިރިއުޅެމުން ދިޔަ މީހުންނަށް އިވުމުން އެ ހިސާބުގައި ދިރިއުޅެމުންދިޔަ މީހަކުވަނީ އެ ތުއްތު ކުއްޖާ ސަލާމަތްކޮށް ގެއަށް ގެންގޮސްފައެވެ.

މި ހަބަރު މިތުންއަށް ލިބުމާއެކު އެކުއްޖާ ބޭނުންވެ އެވާހަކަ އަނބިމީހާ އާއި ހިއްސާކޮށް ދެމީހުން މަޝްވަރާކުރުމަށްފަހު ކުއްޖާ އެޑޮޕްޓްކުރަން ނިންމައެވެ.މިތުން އާއި އަނބިމީހާ ޔޯގާތީ ބާލީ އަށް ތިން ފިރިހެން ދަރިން ލިބިފައިވާއިރު ޑަސްބިނުން ނެގި އަންހެން ކުއްޖާއަކީ އެމީހުންނަށް ދެއްވި އަންހެންދަރި އެއްކަމުގައި ދެމީހުންވެސް ގަބޫލުކުރިއެވެ.

މިހާރު ބޮލީވުޑުގައި ފައިތިލަ ސާބިތުކުރުމަށް ތައްޔާރުވަމުންދާ ދިޝާނީ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދިޝާނީ ފޮލޯކޮށްފައިވާއިރު އަންނަ އަހަރު ދިޝާނީ ފިލްމު ކުޅެން ފަށާނެކަމަށް އާއިލާއިންވަނީ ބުނެފައެވެ. މިހާރުވެސް ދިޝާނީ އަށް ޑައިރެކްޓަރު ޕްރެކާޝް ޖާ ފިލްމުތައް ހުށަހަޅަމުންދާއިރު އޭގެ ތެރެއިން އެންމެ ރަގަޅު ސްކްރިޕްޓެއް ބަލުމަށްފަހު ފިލްމީ މަސައްކަތް ފަށާނެކަމަށް ދިޝާނީގެ ބޭބެވަނީ ބުނެފައެވެ.