English Edition
Dhivehi Edition

ގދ. ހޯނޑެއްދޫން، ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަޝްރަފް ވިދާޅުވީ އެމީހުން ޕޮޒިޓިވްވިކަން އެގުނީ މިއަދު ކަމަށާއި ޕޮޒިޓިވްވި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުދިން ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އަޝްރަފް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި ބައެއް މީހުންގެ ކިބައިން ބަލީގެ އަލާމަތްތައްވެސް ފެނިފައިވާ ކަމަށާއި ،އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރަމަށް ރައްޔަތުންނަށް އަންގާފައިވާނެކަމަށެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް 7804 މީހަކު ޕޮޒިޓިވްވެފައިވާއިރު 5155 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ، އަދި މި ބަލީގައި މިހާތަނަށް 29 މީހުން މަރުވެފައިވާއިރު ރާއްޖޭގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ވެސް ބަލި ކޮންޓްރޯލް ކުރުމަށްވަނީ ގިނަ ދަތިތަކާއި ކުރިމަތިވެފައެވެ.