English Edition
Dhivehi Edition

ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރަނީ މަދު ބައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ރައްޔިތުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫނު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށް އެކްޓިވިސްޓުންނާއި ޕާޓިތަކުގެ ލީޑަރުން ކުރަމުންދާ މަސައްކަތަކުން ނުފުދޭނެކަމަށެވެ. އަދި މީ ހުރިހާ އެންމެންގެ ބޮލުގައިވެސް އެޅިފައި މަސްއޫލިއްޔަތެއްކަމަށެވެ. މީގެ އިތުރުން މައުމޫނު ވިދާޅުވީ ރައްޔަތުން އިންތިހާބުކޮށްފައިވާ ބަޔަކު ކަންކުރާ ގޮތް ބެލުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު އަދާނުކުރުމުން އޭގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށެވެ.

މައުމޫނު ވިދާޅުވީ މިއަދު އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޒިންމާދާރު ކުރުވުމަށް ރައްޔިތުން މަސައްކަތް ކުރާތަން ނުފެނުމަކީ ދެރަ ކަމެއް ކަމަށެވެ.