English Edition
Dhivehi Edition

އައްޑޫ ސިޓީއިން އިތުރު ދެ ފިރިހެނަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އައްޑޫއިން ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީނުގައި ތިބި އުމުރުން 30 އަހަރާއި 37 އަހަރުގެ 2 ފިރިހެނެކެވެ. އެދެމީހުންގެ ޕޮޒިޓިވްވެފައިވަނީ މާލެ އިން އައްޑޫ އަށް ދިއުމުގެ ކުރިން ނަގާފައިވާ ސާމްޕަލް ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މި ދެ މީހުންނާއެކު އައްޑޫއިން ކޮވިޑް-19 ގެ 8 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އޭގެތެރެއިން 6 މީހުންނަކީ ހޯމް ކަރަންޓީނު ނިންމާލުމަށް ޓެސްޓް ހެދިއިރު ޕޮޒިޓިވް ވެފައިވާ ކަން އެނގިފައިވާ ފަރާތްތަކެވެ.

ފަހަކަށް އައިސް ހޯމް ކަރަންޓީންއަށް ރަށްރަށަށް ދާ ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވް ވަމުން އަންނަ އިރު އެޗްޕީއޭ އިން ވަނީ ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވާ އުސޫލު ހަރުކަށިކޮށްފައެވެ.

ޓެގު

1 ކޮމެންޓް
ދޯދިޔާ
ސެޕްޓެމްބަރު 5, 2020
ދެކުނު ރައްރަށުގައި ބަލި މިފެތުރެނީ ތަންތާގައި ތިބޭ މީހުންގެ ފަރުވާ ކުޑަކަމުން ކަން ޔަގީނާ ގާތައް އެގެއެވެ. ފަރުވާ ކުޑަކަމުގެ އިންތިހާ ބައެއް އައްޑޫ މީހުންނަކީ