English Edition
Dhivehi Edition

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން، ޑިވިޑެންޑުގެ ގޮތުގައި ބަހާނެ އަދަދު އެ ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.

ކުންފުނީގެ ބޯޑުން ފާސް ކުރީ ކޮންމެ މީހަކަށް 26 ރުފިޔާ ބަހަން ކަމުގައިވިއަސް މިއަދަދު ބަހާނީ އެމްއެމްއޭ އިން އެކަމަށް ހުއްދަ ލިބުމުންކަމަށް ބެންކުން ހަމަކުރެއެވެ.

އެމްއެސްޑީގެ ފަހިވޯޓު މެދުވެރިކޮށް މިއަދު ބޭއްވި ޖަލްސާގައި އެމްއެމްއޭ ގެ ހުއްދަ ލިބިގެން މިފައިސާ ބަހަން ހަމަޖެއްސެވީ ކޮވިޑްގެ 19 ގެ ހާލަތާ ގުޅިގެން ބޭންކުތަކުގެ ލިކުއިޑިޓީއަށް އަސަރުކޮށްފާނެތީ ކަމަށް ބޭންކުން ވިދާޅުވެއެވެ.

ހިއްސާ އަކަށް 26 ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 98 ޕަސެންޓް ހިއްސާދާރުންގެ ވޯޯޓާއެކު އެވެ.

2018 ވަނަ އަހަރުގެ ފައިދާއިން ބީއެމްއެލްއިން ވަނީ ޑިވިޑެންޑުގެ ގޮތުގައި ހިއްސާދާރުންނަށް 129.17 މިލިއަން ރުފިޔާ ބަހާފައެވެ. އެއީ ހިއްސާއަކަށް 24 ރުފިޔާއެވެ. އެހެންކަމުން މިއަދު ފާސްވެގެން ދިޔައީ މިއީ ބީއެމްއެލްއިން ޑިވިޑެންޑުގެ ގޮތުގައ މިހާ ބޮޑު އަދަދެއް ބަހާ ފުރަތަމަ ފަހަރު ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ 2020 ވަނަ އަހަރު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 961.74 މިލިއަން ރުފިޔާ އެވެ.