English Edition
Dhivehi Edition

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށް މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ 11:25 ހާއިރު ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން ނެގި ރަބަރު ޕެކެޓެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އެ އެރަބަރު ޕެކެޓްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.