English Edition
Dhivehi Edition

ގދ. ތިނަދޫ އިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ،އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސް، ރަށަށް މީހުން އަރައިފޭބުން މަނާކޮށްފި އެވެ.

ތިނަދޫ ކައުންސިލަށް އެޗްޕީއޭ އިން ވަނީ ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަން ވަނީ ކަށަވަރު ކޮށްދީފައެވެ. މައުލޫމާތި ލިބިފައިވާ ގޮތުގައި ތިނަދޫ އިން ޕޮޒިޓިވް ވެފައި ވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ތިނަދޫ އާއި މާލެ އާ ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ އެ މީހާ ބަލިވެގެން މިއަދު ޑޮކްޓަރަށް ދައްކަން ދިޔުމުން އޭނާގެ ޓްރެވަލް ހިސްޓްރީ އެއް އޮތްތޯ ސުވާލު ކުރި ކަމަށާއި ނަމަވެސް އޭނާ އާއެކު ގޮސްހުރި އެހީތެރިޔާ، ޓްރެވަލް ހިސްޓްރީއެއް ނެތްކަމަށް ބުނުމުން ޖެނެރަލް އޯޕީޑީ އިން އޭނާ އަށް ކޮންސަލްޓޭޝަން ދިން ކަމަށެވެ.އެހެންނަމަވެސް ޑޮކްޓަރަށް ދެއްކި އިރު އޮތީ ސެނެހިޔާ އަށް ދައްކާފައި އޮތްކަމުގެ ސިޓީއެއްކަމަށާއި އެކަން އެގުމާއެކު ވަގުތުން ޑޮކްޓަރު ވަނީ ނަގަން ޖެހޭ އެކްޝަން ނަގާ އޭނާ ޓެސްޓްކޮށްފައިކަމަށް އެ ފަރާތުން ބުންޏެވެ.

ރާއްޖޭގެ ގިނަ އަތޮޅުތަކުން ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ޖުމްލަ 60 އަށް އަރާފައެވެ.