English Edition
Dhivehi Edition
އައްޑޫ ސިޓީ މަރަދޫފޭދޫ ފެށޭ ހިސާބުގައި އާންމު ރައްޔިތުން ހަދާފައިވާ "ރަށިކެޑަ ބީޗު" - ފޮޓޯ: ފޭސްބުކް

ހުއްދަ ނެތި އައްޑޫ ސިޓީގެ ގޮނޑުދޮށްތަކުގައި ބީޗު ހެދުމަށް އާންމުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫގެ އެކި އަވަށްތަކާއި އެއަވަށްތަކާއި ގުޅިފައިވާ ގޮޑުދޮށްތައް ކުނިކަހައި ސާފުކޮށް ބޭއްވުމަށްޓަކައި ޖަމިއްޔާ ޖަމާޢަތްތަކާއި އައްޑޫގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަކީ ކައުންސިލުން އަބަދުވެސް ތަރުހީބުދޭ އަދި އެކަމަށް ބާރުއަޅާ ކަންތައްތަކެއް ކަމަށެވެ.

އެހެންނަމަވެސް ފަހަކަށްއައިސް މިއިދާރާގެ ހުއްދަނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ޤާނުނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންކަން ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އެހެންކަމުން އެފަދަ މަސައްކަތް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ އިޢުލާނުގައި ބުނެފައި ވަނީ ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިޤްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތައްކެއްކޮށް ފަހުގެ މަރުހަލާގައިވާ ތަނެއް ކަމަށާއި، އެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށް ވާތީ އެ ސަރަޙައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށް އަންގާ ކަމަށެވެ.

އަދި ކައުންސިލުން ބުނީ މި އެންގުމާ ޙިލާފުވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ޢިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 140 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

4 ކޮމެންޓް
ކަރީމް
އޮގަސްޓް 28, 2020
ފަރުހިލަން ދޭބަލަ ގޫ ސިޓީ ކައުންސިލް
ާަްަަަަޭއަހުމަދު
އޮގަސްޓް 28, 2020
ގޮޑުދޮށުގަ ބީޗް ހަދަނިއްޔޯ
އަވަ
އޮގަސްޓް 27, 2020
ސިޓީ ކައުންސިލައް ވަޗަސް
Addu guy
އޮގަސްޓް 27, 2020
Not so bad. When the common people take the responsibility of wat the government should do, Addu .icouncil found it heard to digest the fact of their inefficiency