English Edition
Dhivehi Edition
އައްޑޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ/ ފޮޓޯ އޭއޯ ނިއުސް

 

ކޮވިޑް 19 ބަލީގައި އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަ ކުރެއްވި ގޮތުން އޭނާ ނިޔާވީ މިއަދު ފަތިހު 05:11 ހާއިރުއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 28 ވަނަ މީހާއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ފަރުވާ ދެމުން ދަނީ 2588 މީހަކަށެވެ. އަދި މީގެ ތެރެއިން 171 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

އެ ބަލީގައި ހާލުބޮޑުވެ އުމުރުން 27 އަހަރުގެ ޒުވާނަކާއެކު އިތުރު ފަސް މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ރާއްޖެ އިން 6912 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދަކީ 4297 އެވެ.