English Edition
Dhivehi Edition

ކ. ގުރައިދޫ ކައިރިއަށް މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި 50 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ “ރާސްތާ” ނަމަކަށް ކިޔާ މަސްދޯނީގެ ފަޅުވެރިއެކެވެ. ކ. ގުރައިދޫއާ ތިން ނޯޓިކަލް މޭލު ދެކުނުން މަސްވެރިކަމުގައި އުޅެނިކޮށް އެމީހާގެ ހާލަތު ގޯސްވެފައިވަނީ ކާން އިންދާ ނޭވާލާން އުނދަގޫވެގެން ކަމަށް އެނގިފައިވެއެވެ.

އޭނާއަށް ދިމާވި ކުއްލި ސިއްހީ މައްސަލައެއްގެ ރިޕޯޓް ލިބިގެން މާލެ ސަރަހައްދުގެ ކޯސްޓް ގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު،އެ މީހާ އިތުރު ފަރުވާއަށް ގުރައިދޫއަށްގެން ދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

ފުލުހުން މިހާރު ގެންދަނީ އެ ހާދިސާއާއި ގުޅިގެން އެ މީހާ ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.