English Edition
Dhivehi Edition

ދިވެހިންގެ ބައެއް މީހުން ދައްކާ ވާހަކަތަކުގައާއި، މީޑިއާއަށް މައުލޫމާތު ދޭއިރު ރާއްޖޭގެ ސިޔާދަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ފަދަ ނުވަތަ އަސަރެއް ކޮށްފާނެ ފަދަ މޭރުމުން ވާހަކަ ދައްކަމުން ގެންދާތީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް، މަސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މަސީއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ބާވަތުގެ ކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅި އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކޮށްފޭނެ ކަމަށެވެ. އަދި މި ބާވަތުގެ އަމަލުތަކުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކުރިއަރަމުން އަންނަ އައުމަށް ހުއްޓުމެއް އަތުވެދާނެތީ އެ އެސޯސިއޭޝަނުން ކަންބޮޑުވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް އެއްވެސް ފަރާތަކުން ވާހަކަދައްކާއިރު ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އުނިކަމެއްލިބި އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކޮށްފާނެ ފަދަ ގޮތަކަށް އަމަލުނުކުރުމަށް މަސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖެ ނުރައްކަލަކަށް ހުށަހެޅިދާނެފަދަ މޭރުމުން ވާހަކަނުދެއްކުމަށް އެ އެސޯސިއޭޝަނުންވަނީ އިލްތިމާޒުކުރައްވާފައެވެ.