English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހިތަދޫން މިފަހަރު ޕޮޒިޓިވް ވެފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާއަކީވެސް ގޭގައި ކަރަންޓީންވެގެން ހުރި މީހެއް ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މި އަދު ޕޮޒިޓިވް ވި މީހާއަކީ ވެސް މާލެ އިން ހިތަދޫ އައި މީހެއް ކަމަށާއި، އެ މީހާއަކީ ކަރަންޓީން މުއްދަތު ނިންމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓު ކުރި މީހެއް ކަމަށް އެޗްއީއޯސީން ބުނެއެވެ.

އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ އިރު މިއީ މިހާތަނަށް ކޮވިޑް 19 ގައި އައްޑޫން ޕޮޒިޓިވް ވި 5 ވަނަ މީހާއެވެ، އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ އީކުއޭޓަރވިލެޖްގެ ކަރަންޓީނު ފެސިލީންނެވެ. އޭގެ ފަހުން މާލެއިން ފޭދޫއަށް އައި ފުލުހަކާއި އަދި މާލެއިން އައިސް ކަރަންޓީނު ވެގެން ހުރި ބިދޭސީއެއްގެ އިތުރުން ހިތަދޫގައި ހޯމްކަރަންޓީނުގައި ހުރި އަންހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.