English Edition
Dhivehi Edition

މި މަހުގެ 10 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެއްޖެއެވެ.

ވީއައިއޭގެ ސީޕްލޭން އޮޕަރޭޓްކުރާ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތާނގީތައް ކައިރީގައި ހިނގި މި ހާދިސާގައި ފިހުނީ އެމްއޭސީއެލްގެ މުވައްޒަފެކެވެ. އޭނާ މަރުވިކަން އެމްއޭސީއެލް އިން ކަށަވަރުކޮށްދީފައިވާއިރު އޭނާ މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އެދުވަހު އިރުއޮއްސި 18:15 ހާއިރު، ހިނގި މި ހާދިސާ ހިނގިގޮތް ބެލުމަށް އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.