English Edition
Dhivehi Edition
sadafsdfxfgsxdgvsd

ދިވިލިމަތައިގެ ނަމުގައި އައްޑޫސިޓީގައި ކުރިއަށް ގެންދާ އެންމެބޮޑު ޓްރެފިކް އޮޕަރޭޝަންގެ “ދިވިލިމަތަ5” މިއަދު ހަވީރު 4:00 އިން 6:30 އަށް ކުރިއަށްދާނެއެވެ.

އައްޑޫސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޕަރޭޝަނުގައި އައްޑޫސިޓީގައި މަސައްކަތްކުރައްވާ ހުރިހާ ފުލުހުން ބައިވެރިވާނެ އައްޑޫސިޓީ ޕޮލިސް އިން މައުލޫމާތު ދެއްވައެވެ.

މި އޮޕަރޭޝަނަކީ އައްޑޫގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކޮށް އައްޑޫގެ މަގުތައް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ދޭތެރެ ދޭތެރެއިން ހިންގާ ބޮޑު އޮޕަރޭޝަނެކެވެ.

އައްޑޫސިޓީގެ ފުލުހުން ކުރިއަށް ގެންދާ މިފަދަ ޓްރެފިކް އޮޕަރޭޝަންސް ތަކުގެ ސަބަބުން އައްޑޫގައި ހިނގާ ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް މަދުކުރެވިފައިވާ ކަން ފާހަގަކޮށްލެވެއެވެ.