English Edition
Dhivehi Edition

ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އޯގަސްޓް 27 ވަނަ ދުވަހުގެ 13:30 ހާއިރު އާއިލާގެ ފަރާތުން ފުލުހަށް ރިޕޯޓްކޮށްފައިވާ މި މައްސަލައާއި ގުޅިގެން ގެއްލިގެން ހޯދަމުންދަނީ އދ.ހަންޏާމީދޫ / ބްލޫހެވަން، ޢާއިޝަތު ޝިމްރީން ޢިމާދު (17އ) އެވެ.

ޢާއިޝަތު ޝިމްރީން ޢިމާދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުންވަނީ އެދި ވަޑައިގެންފައެވެ