English Edition
Dhivehi Edition
މާލޭގައި ކުރިއަށްގެންދިޔަ ކޮވިޑް-19 ޑްރިލެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 31 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2،835 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 54.97% އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 5,157 އަށް އަރާފައިވާއިރު، ރާއްޖޭގައި މިވަގުތު އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ 2,303 މީހުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 89,555 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 1,452 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 145 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 13 ދިވެހިންނާއި ހަ ބިދޭސީންނެވެ.