English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގެ ގެއެއްގެ ހަވަނަ ބުރިން ވެއްޓި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ގެއެއްގެ ހަ ވަނަ ބުރިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 02:36 ގައި ކަމަށެވެ. އަދި އެ ހާދިސާގައި ވެއްޓިފައި ވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ނަމަވެސް އެ ހާދިސާއާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.