English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީ ހިތަދޫން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި ހިތަދޫން ޕޮޒިޓިވްވެފައި ވަނީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ އަކީ މާލެއިން އައްޑޫ އަށް ގޮސް ހޯމް ކަރަންޓީނު ފުރިހަމަކުރުމަށްފަހު ކޮވިޑަށް ޓެސްޓްކުރި މީހެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އައްޑޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިންވަނަ މީހާ އެވެ. އެގޮތުން ރޭ އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު ހެނދުނު ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އެކަމާއި ގުޅިގެން މިއަދު ހެނދުނު 11:00 އިން ފެށިގެން ހިތަދޫ މޮނިޓަރިންގގެ ހާލަތަށް ގެނެސް، އެ އަވަށަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާކޮށްފައެވެ.