English Edition
Dhivehi Edition

އާން ޑަންހަމް އަކީ ހަވާއީގެ މުއްސަނދި ދެމަފިރިންނަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅެވެ. މުއްސަނދި ދިރިއުޅުމެއް އުޅެމުން އައި އާން އުމުރުން 16 އަހަރުގައި ހަވާއީގެ ޔުނިވާސިޓީގައި ތައުލީމު ހާސިލްކުރަން ފެށީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ. އެހެން ނަމަވެސް ޔނިވާސީޓީއިން ދިމާވާ ފިރިހެނެއްގެ ސަބަބުން އާންގެ އެ އުއްމީދުތައް ހަދާން ނެތިގެން ދެއެވެ.

ކެންޔާއަށް އުފަން އެ ފިރިހެން ކުއްޖާ އަކީ މޮޅު ސިކުނޑިއެއް ލިބިފައިވާ ދޫހެލޭ ޒުވާނެކެވެ. އޭނާގެ ޖާދޫގައި އާން ޖެއްސުމަށްފަހު 1961 ވަނަ އަހަރު ދެމީހުން ކައިވެނިކުރި އިރު އާން އިނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ބަނޑަށް ތިން މަހުގައި އާން ކުރި ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތޫފާނެއް އައީ އާން ކައިވެނި ކުރި މީހާގެ މަކަރުވެރިކަން އެގުނު ހިސާބުންނެވެ. އާން އަށް އޭނާގެ ފިރިމީހާއަކީ ކުރިންވެސް އެހެން މީހަކާއި ކައިވެނިކޮށް ދަރިން ލިބިފައިވާ މީހެއްކަން އެގުނު ހިސާބުން އޭނާގެ ހިޔާވަހިކަން ދޫކޮށްލައެވެ. އުމުރުން 18 އަހަރުގައި އެކަނިމާއެކަނި އޮވެ ދަރިފުޅު ވިހެއިރު އެ ދަރިފުޅުގެ އެއްވެސް ޒިންމާއެއް އުފުލަން ދަރިފުޅުގެ ބައްޕަ ބޭނުމެއް ނުވިއެވެ.

ދަރިފުޅުގެ އުމުރުން 2 އަހަރުގައި ދެމީހުން ވަރިވެފައިވުމަށްފަހު އެ ދަރިފުޅުގެ ހުރިހާ ޒިންމާއެއް އުފުލަމުން އައީ އާންއެވެ. އެ ދަރިފުޅުގެ ބައްޕަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނެލިބުނު ނަމަވެސް އާން ވަނީ އެ ދަރިފުޅަށް ފުރިހަމަ ޒުވާނަކަށް ވަންދެން އެ ހަގީގަތްތައް ސިއްރުކޮށްފައެވެ. ދަރިފުޅަށް ހުރިހާ ޒިންމާއެއް އުފުލަމުން ބެޗްލާސް ޑިގްރީ ހާސިލްކުރުމަށްފަހު އާން ވަނީ އިންޑޮނޭޝިއާގެ މީހަކާއި ކައިވެނިކޮށް އިންޑޮނޭޝިއާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. މިކައިވެންޏަށް ތިން އަހަރު ފަހުން އަންހެން ކުއްޖެއް ލިބުނު އިރު ދެ ކުދިންނަށްވެސް ތައުލީމު އުގަންނައި ދިނުމުގައި އާންވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ވަޒީފާ އަދާކުރަމުން ދަރިންނަށް ތައުލީމު އުގަންނައި ދެމުން ދިޔަ އާން ދިޔައީ ދަރިންނަށް ދުނިޔޭގެ އެކި ކަންތައްތަކަށް ލޯހުޅުވައި ދެމުންނެވެ.

އިންޑަނޭޝިއާގައި އުޅެމުން ދިޔަ ދުވަސްވަރު ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން އޭނާގެ ފިރިހަން ދަރިފުޅަށް ގިނަ ގޮންޖެހުންތަކާއި މަލާމާތްކުރިމަތި ވެގެން ދިޔައެވެ. ކަޅު ނަސްލުގެ މީހަކަށްވުމުން އާންގެ ދަރިފުޅަށް އެކި ނަން ނަމުން ގޮވަމުން ދިޔަ ނަމަވެސް އޭނާ ވަނީ ދަރިފުޅަށް ހިތްވަރުދީފައެވެ. ހަމުގެ ކުލައަކީ ކަމެއް ހާސިލްކުރުމަށް އޮތް ހުރަހެއް ނޫންކަމުގައި ބުނެދީފައެވެ. ހުރިހާވެސް އެއްޗަކީވެސް މިނިވަންކަމާ ތެދުވެރިކަމާއެކު މީހާ ވިސްނާ ގޮށްކަން ދަސްކޮށްދީފައެވެ.

1971 ވަނަ އަހަރު ދެކުދިން ތައުލީމު ހާސިލްކުރަމުން ދިޔަ އިރު އާންވެސް ވަނީ މާސްޓާ ޑިގްރީ ނަގާފައެވެ. އެ ދުވަސްވަރު އޭނާގެ ދެވަނަ ކައިވެނި ރޫޅުނު ނަމަވެސް އާންވަނީ ހިތްވަރާއެކު އަންހެނުންގެ ހައްގުގައި މަސައްކަތްކޮށް އަޑު އުފުލާފައެވެ. ދިރިއުޅުމުގައި ދިމާވި ގިނަ ހުރަސްތަކާއެކުވެސް އާންވަނީ އޭނާގެ ދަރިންނަށް ރަގަޅު ތައުލީމު ހޯދައިދީފައެވެ.އާންވަނީ އޭނާގެ އުމުރުން 50 އަހަރުގައި ޕީއެޗްޑީ ހަދާފައެވެ.އާން މަރުވީ އުމުރުން 52 އަހަރުގައި ކެންސަރު ބަލީގައެވެ. އޭރު އާންއަށް ނޭގޭ ކަމަކީ ހަމުގެ ކުލައިގެ ސަބަބުން މަލާމަތް ރައްދުވި އޭނާގެ ފިރިހެން ދަރިފުޅަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ރައީސްއަށްވާނެ ކަމެވެ.

ތި ހީކުރެވުނީ ހަމަ ރަގަޅަށެވެ. އާން އަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލަށް ނިސްބަތްވާ ރައީސްގެ މަންމާފުޅެވެ.ގިނަ ދަތިތަކަކަށްފަހު އާން ބަލާ ބޮޑުކުރި ފިރިހެން ދަރިފުޅަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއެވެ. އާން އަކީ އެކަނިވެރި މައިންނަށް ނަމޫނާއެކެވެ. ވަރުގަދަ ލީޑަރެއްގެ ހިތްވަރުގަދަ މަންމަ އެކެވެ.

Ativador Windows 7