English Edition
Dhivehi Edition

އައްޑޫސިޓީގައި މިހާރު މަގުބޫލުވަމުން އަންނަ ރިސޯޓެއް ކަމުގައިވާ އީކުއޭޓަރ ވިލެޖުގައި އަންނަ އަޟްހާ އީދު ހޭދަކޮށްލުމުގެ ފުރުސަތު އީކުއޭޓަރ އިން ހުޅުވާލައިފިއެވެ.

އައްޑޫސިޓީގެ ގަމުގައި ހިންގަމުންދާ އީކުއޭޓަރ ވިލެޖުން އަޟްހާ އީދަށް ޚާއްޞަކޮށްގެން 3 ޕެކޭޖެއް މިހާރު މިވަނީ ތައާރަފްކޮށްފައެވެ.. 31 އޮގަސްޓުން ފެށިގެން އިން 6 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި 77 ޑޮލަރުގެ ޕެކޭޖަކާއި 99 ޑޮލަރ އަދި 130ޑޮލަރުގެ ޕެކޭޖް ހިމެނެއެވެ. މި ޕެކޭޖް ތަކުގެ ތެރެއިން 77 ޑޮލަރުގެ ޕެކޭޖްގައި ހާފް ބޯޑުގައި ރޫމެއްގައި ތިބެވޭއިރު ސްވިމިން ޕޫލް ބޭނުން ކުރުމާއި އަދި މެންދުރުގެ ކެއުން 2 މީހަކަށް ލިބެއެވެ. 2 މީހުންގެ އިތުރަށް 13 އަހަރުން ދަށުގެ ކުޑަ ކުއްޖަކު އިތުރުކުރާނަމަ 10 ޑޮލަރު އިތުރަށް ދައްކަން ޖެހެއެވެ. 99 ޑޮލަރު ގައި ފުލް ބޯޑުގައި ރިސޯޓުގެ ރޫމެއްގައި 1 ދުވަހަށް ތިބެވޭއިރު 130 ޑޮލަރުގެ ޕެކޭޖުގައި ރިސޯޓުގެ ގިނަ ޚިދުމަތްތައް ލިބިގެން 1 ދުވަހަށް ކޮޓަރިއެއްގައި ތިބެވެއެވެ.

ހުރިހާ ޕެކޭޖެއްގައިވެސް އުމުރުން 5 އަހަރު ނުވާ ކުޑަކުދިންނަށް އެއްވެސް އަގެއް ނުނަގާނެއެވެ. އީކުއޭޓަރ އިން ބުނީ މިއީ ހަމައެކަނި ދިވެހިންނާއި އަދި ވޯކްޕާމިޓް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އީދު ޕްރޮމޯޝަނެއް ކަމަށެވެ.

އީކުއޭޓަރ ގެ އީދު ޕެކޭޖުގެ އެންމެ ޚާއްޞަކަމަކީ އެންމެ 500 ރުފިޔާއަށް ފުލް ބޮޑީ މަސާޖެއް ނެގޭއިރު %20 ޑިސްކައުންޓާއެކު ޑައިވިންސްޚުލް އަދި ވޯޓަރ ސްޕޯޓްސް ބޭނުންކުރެވޭނެއެވެ،

މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ “ރަމަޟާން ޕެކޭޖް” އާއި “ފިތުރު އީދު” ޕެކޭޖަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.