English Edition
Dhivehi Edition

ބިލިމަގަކީ ކާމަރަނގަ އާއި އެއް އާއިލާކަށް ނިސްބަތްވާ ހުތް ފޮނިމޭވާ އެކެވެ. އާންމުކޮއް ދިވެހިން ބޭނުން ކުރާ އަދި ފަސޭހައިން ލިބޭ މި މޭވާ ގައި ހަކަތަ ،ފައިބާރ،ވިޓަމީން އޭ،އީ،ސީ،ކޭ އަދި ފެޓް،ފައިބާރ،ޕޮރޮޓީން އެކުލެވިގެން ވެއެވެ.

ބިލިމަގަކީ ވިޓަމިން ސީން މުއްސަދި މޭވާ އެކެވެ. އެހެންކަމުން ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ،ދިފާޢީ ބާރު ވަރުގަދަކޮށް، ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް އަދި ކެންސަރުން ހިމާޔަތް ކުރެއެވެ. އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް،ފާރުގަނޑު އަވަހަށް ފަސޭހަވެދެއެވެ. ކެންސަރާއި ދެކޮޅަށް މަސައްކަތްކޮއް ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.

ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމާއި ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދަމަހައްޓާ،އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.
ކެންސަރުން ރައްކާތެރިވުމައްޓަކައި ބިލިމަގުގައި ހިމެނޭ ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓް ތައް އެހީތެރިވެދެއެވެ. އަދި މިނޫން އެންޓި އޮކްސިޑެންޓްތައް ވެސް ބިލިމަގުގައި ހުރެއެވެ. އެހެންވުމުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށް ދެއެވެ. ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްފައި ބެހެއްޓުމަކީ މުސްކުޅިވުން ލަސްވެ، އެކިބާވަތުގެ ކެންސަރުތަކަށް ހަށިގަނޑުން ހުށަހެޅުން ކުޑަކޮށްދޭނޭ ކަމެކެވެ.

ބިލިމަގުން އަދިވެސް އެތައް ބަލިއެއް ފަސޭހަ ކޮއްދެއެވެ.އޭގެތެރޭގައި

  • ބިލިމަގު ޖޫސް، ލޮލަށް ޖައްސާ ތިއްކެއްގެ ގޮތުގައި ލޮލުގެ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުން ކުރެއެވެ.
  • ބިލިމަގު ފަތު ދިޔަ އަކީ ޖިންސީގުޅުމުން އަރާ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެއްޗެކެވެ.
  • ބިލަމަގު ފަތް ކައްކައިގެން އެއިން ނެގޭ ދިޔަ، ފުރަގަސްފަރާތު ދޮރުގެ ވަށައިންގެން އުފެދޭ ދުޅަ އާއި، ރިހުން ތައް ލުއިކޮށް، ތިރިކުރުމަށް ބޭނުން ކުރެވެއެވެ.
  • އަނގައިގެ ހުދުމާ އެޅުން، އަދި ކެއްސުން ލުއިކުރުމަށް ބިލިމަގު މަލުގެ ދިޔަ ބޭނުންކުރެވިދާނެ އެވެ.
  • ބިލިމަގު ފަތު ދިޔަ ކެއްސުމަށާއި، ވިހެއުމަށް ރަހިމުގެ މަސްތައް ހަމައަކަށް އެޅުމަށް ބޭނުން ކުރެވެއެވެ.
  • ކޯފުއްޕި ޖެހުމުން ދުޅަވެފައި ހުންނަ ކޮލުގަޔާއި، ރާއްޖެ ބަލި ޖެހުމުން ދުޅަވެފައި ހުންނަ ހުޅުތަކުގައި ދުޅަކަން ތިރިކުރުމަށް ބިލިމަގު ފަތް ޗިސްޗިސްކޮށްފައި އުގުޅައެވެ.
  • ފަނިފަކުސަ އާއި ދިރޭތަކެތި ދަތްއަޅާ ތަންތަނުގައި ބިލިމަގުގެ އިތުރުން އެގަހުގެ ފަތް އުގުޅިދާނެއެވެ.

ބިލިމަގު ގިނަގިނައިން ބޭނުން ކުރުމަކީ ފައިދާ ކުރުވާ ކަމެކެވެ.