English Edition
Dhivehi Edition

މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ސިއްރުން ވަދެ އުޅުނު މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިޢުލާންކޮށްފި އެވެ.

ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެގޮތުން ފުލުހުން ހޯދަމުންދަނީ އެމް.ޑީ ޒާކިރު ހުސައިން، ޑާކާ، ބަންގްލަދޭޝް (ޕާސްޕޯޓު ނަންބަރު: BY04838980) އެވެ. އޭނާ ތަޙުޤީޤަށް ހާޒިރުކުރަނީ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެއުޅުނު މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށެވެ.

ފުލުހުން އޭނާ ހާޒިރުވާން އަންގާފައި ވަނީ އޯގަސްޓް 10 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށެވެ.