English Edition
Dhivehi Edition

ދެމަފިރިން އެކުގައި އުޅޭތާ ގިނަ ދުވަސްވެފައި ވާނަމަ ދެމަފިރިކަމުގެ ގުޅުން ހިންގުމަށް ވަކި ގަޑިތަކެއް ކަނޑައެޅިފައި އޮވެދާނެއެވެ. އެގޮތުން އެމީހެއްގެ މަސައްކަތުގެ ގަޑިއާއި، ގޭތެރޭގެ މަސައްކަތުގެ ގަޑިތަކަށް ބުރޫ ނާރާގޮތަށް ގަޑިތައް ބަހާލެވިފައިވާނެއެވެ. ހަފްތާގެ ދުވަސްތަކުގައި ގުޅުން ހިންގާނެ ދުވަސް އެދެމަފިރިންނަށް ވަރަށް ރަނގަޅަށް އެނގިފައި އޮވެދާނެއެވެ.

ހަފްތާގެ ދުވަސްތަކަށް ބަހާލައިގެން ދެމަފިރިކަމުގެ ގުޅުން ހިނގާއިރު ބައެއް މީހުންގެ ސުވާލަކަށް ވެފައި އޮންނަނީ އެ ގުޅުން ހިންގަން އެންމެ ރަނގަޅީ ކޮންގަޑިއެއްގައި ކަމާއި މެދުގައެވެ. މިކަން ދެނެގަތުމަށްޓަކައި ލަންޑަންގެ ‘ސުޕަރ ޑްރަގް’ ކިޔާ ބަޔަކު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދެމަފިރިކަމުގެގުޅުން ހިންގަން އެންމެ ރަނގަޅީ ހޮނިހިރު ދުވަހުގައެވެ. ނަމަވެސް ސުވާލުކުރެވުނު މީހުން އެދުވަހުގެ އެކި ގަޑިތައް ބުނެފައި ވެއެވެ. މިދިރާސާގައި 2000 މީހުން ބައިވެރިވެފައިވާއިރު އެންމެންނާއި ވަކި ވަކިން ސުވާލުކޮށްފައިވެއެވެ.

ލަންޑަންގައި ހެދުނު މިދިރާސާގެ ނަތީޖާއަށް ފަހު ގިނަ ބަޔަކު ސުވާލު އުފައްދާފައި ވެއެވެ. އެގޮތުން ދެމަފިރިކަމުގެ ގުޅުމަށް އެންމެ ރަނގަޅު ވަކި ގަޑިއެއް ނެތްކަމަށް ބައެއް މީހުން ބުނަމުން ގޮސްފައިވެއެވެ. އަދި ދެމަފިރިން އެކަމަށް ތައްޔާރުވެފައިވާނަމަ ކޮންމެ ގަޑިއެއް، ދުވަހެއްވެސް ރަނގަޅުކަމަށް ވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ހަފްތާގެ ދުވަސްތަކުގެ ހެނދުނު ހޭލައިގެން ދެމަފިރިކަމުގެ ގުޅުން ހިންގުމަކީ އެދުވަސް އުޖާލާވެގެން ދާކަމެއްކަމަށް ބައެއް މީހުން ދެކެއެވެ. އެގޮތަށް ގުޅުން ހިނގުމުން ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމަކީ މުހިއްމު ގުޅުމެއްކަމަށް ޤަބޫލުކުރެވެއެވެ. އަދި މީގެ ސަބަބުން ބައިވެރި އާއި އެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރުމަށް މަގުފަހިވެއެވެ.

ދެމަފިރިކަމުގެ ގުޅުން ހިނގުމަށް ވަކި ގަޑިއެއް ކަނޑައެޅިގެން ބުނެދޭކަަށް ނޭނގޭނެއެވެ. އަދި އެކަން ބިނާވެގެން ގޮސްފައިވަނީ އެދެމަފިރިންގެ މައްޗަށެވެ. އެދެމަފިންގެ މަސައްކަތުގެ ކަންތައްތައް ރޭވިފައިވާ ގޮތުގެ މައްޗަށެވެ. އެހެންކަމުން އެއްވެސް ދެމަފިރިއަކު ވަގި ގަޑިއެއްގައި ގުޅުން ހިންގުމަށް އެއްވެސް ސިއްޙީ މާހިރަކު ލަފާދީފައި ނުވެއެވެ.