English Edition
Dhivehi Edition

މިނިވަންދުވަހުގެ މުނާސަބަތުގައި އެޗް.އެސް.ސީ (ހެލްޕިންގ ސޯޝަލް ކެއަރ) އާއި ހުޅުމީދޫ ޕޮލިސް އަދި ހުޅުދޫ ޒުވާނުން ގުޅިގެން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ބާއްވައިފިއެވެ.

މި ޝަރަފްވެރި ކޮށްދެއްވީ ހުޅުދޫ ސޯޝަލް ސެންޓަރގެ ސްޕޯރޓްސް ސުޕަވައިޒަރ މައިމޫނާ ޝަފީގެވެ.

އިއްޔެ ހަވީރު ހުޅުދޫ ދަނޑުގައި ކުޅުނު މި މެޗުގައި ހުޅުދޫ ވެޓެރެންސް އާއި ހުޅުމީދޫ ޕޮލިސް ބައްދަލު ކުރި މި މެޗުން ކާމިޔާބުކުރީ ވެޓެރެންސް އިންނެވެ. މި މެޗުގައި ޕޮލިސްޓީމުން 3 ގޯލް ކާމިޔާބް ކޮށްފައިވާއިރު ހުޅުދޫ ވެޓެރަންސް އިންވަނީ 5ގޯލް ކާމިޔާބްކޮށްފައެވެ.

ފޯރިގަދަ މިމެޗް ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެޓަރެންސްގެ އަލީ ރަމީޒް އެވެ.

އިޖްތިމާއި ގުޅުން އާލާކޮށް ކުޅިވަރުގެ ރޫހު ކުރިއެރުވުމުގެ ގޮތުން އަޟްހާ ޣީދު ދުވަހު ހަވީރު ހުޅުމީދޫ ޕޮލިސް ދަނޑުގައި ފުޓްސަލް މެޗެއް ބާއްވަން ތައްޔާރު ވަމުން ދާކަމަށް އެޗް.އެސް.ސީ އިން ވަނީ ބުނެފައެވެ.