English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 13 ބުރި ޢިމާރާތުގެ 12 ވަނަ ފްލޯގައި ރެސްޓޯރަންޓް/ކެފޭ އަކާއި ފިޓްނެސް ސެންޓަރއެއް ހިންގުމަށްޓަކައި ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.

ފިޓްނެސް ސެންޓަރ އާއި ބެހޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން 05 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަން ނިންމާފައިވާއިރު އެ ބައްދަލުވުމުގައި ދެވޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.އަދި ހަމަ އެ ދުވަހުގެ 14:00 ގައި ރެސްޓޯރަންޓް/ކެފޭ އާއި ބެހޭ މައުލޫމާތު ދިނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސޯޝިއަލް ކްލަބުގެ ދަށުން މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ. މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ ރެސްޓޯރެންޓާއި ފިޓްނެސް ސެންޓަރު ހަދަން މިހާރު އާންމުކޮށް އިއުލާނުކޮށްފައިވާކަމަށެވެ.