English Edition
Dhivehi Edition

ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގަނީ، ހަައްގުތަކެއް ނުލިބިގެން ނޫންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބިދޭސީންނަށް މުސާރަ ނުދީގެން ކުރާ މުޒާހަރާތައް އިތުރުވެ ފުލުހުންނާއި ބިދޭސީންގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުން އަންނައިރު، ބިދޭސީންގެ މައްސަލަ ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގަނީ، ހަައްގުތަކެއް ނުލިބިގެން ނޫންކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ސަބަބުތަކެއްވާކަން ގަބޫލު ކުރައްވާކަމަށެވެ. އަދި ބިދޭސީން މުޒާހަރާކޮށް، ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނުމުގެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅޭ ކަމެއްކަމުން އެކަން ބަލާއި ތަހުޤީގުރަމުން އަންނަކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ޝޯޝަލް މީޑިއާގައި ބިދޭސީންގެ މި މައްސަލައަކީ އިންސާނީ ވަގުފާރިކަމަށް ލޭބަލް ކުރަމުންދާކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ޔޫއެން ޕްރޮޓޮކޯލްގައި މިއީ އިންސާނީ ވަގުފާރިކަމަށް ނުބެލެވޭކަމަށެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި އެގައުމެއްގެ ގައުމީ ސަލާމަތަށް ނުރައްކާވަ ގޮތަށް ބިދޭސީން އަމަލުތައް ބެހެއްޓުމަކީ ފުރުސަތު ނުދޭކަން ފާހަގަކުރަމުން މާރިޔާ ވަނީ މިކަމުގައި މަޖިލީހުގެ އެއްބާލުން ދިނުމަށް އެދިވަޑައިގެންފައެވެ،