English Edition
Dhivehi Edition

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އދ. އޮމަދޫއަށް ތައާރަފްކޮށްފިއެވެ.

“އިންޓަނެޓްގެ މުހިންމުކަމާއި އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައި އޮތް ދަނޑިވަޅެއްގައި، 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފްކޮށް އދ. އޮމަދޫގެ ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން.” އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. އެގޮތުން، އޮމަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި، އިންޓަނެޓްގެ ޚިދުމަތް ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.