English Edition
Dhivehi Edition
North Korean leader Kim Jong Un guides a target-striking contest of the special operation forces of the Korean People's Army (KPA) to occupy islands in this undated picture provided by KCNA in Pyongyang on August 25, 2017. KCNA via Reuters

އުތުރު ކޮރެއާއި އިން ޓެސްޓު ކުރި ކުރު ރާސްތާ މިސައިލް ޓެސްޓުތަށް ނާކަމިޔާބު ވެއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި އުތުރު ކޮރެއާގެ އިރު މަތީ ކަނޑަށް ޓެސްޓު ކުރި މިސައިލްތައް ނާކާމިޔާބު ވީއިރު، ދެކުނު ކޮރެއާ އަދި އެމެރިކާއިން ދަނީ އަސްކަރީ ތަމްރީންތައް ބާއްވަމުންނެވެ. އުތުރުން މިއީ ހަނގުރާމައަށް ތައްޔާރު ވަނީ ކަމަށް ވަނީ ބުނެފައެވެ.

އެމެރިކާ އަސްކަރީއްޔާގެ ޕެސިފިކް ކޮމާންޑް އިން ބުނެފައި ވަނީ އެމީހުންނަށް ވަނީ ޓެސްޓު ކުރެވުނު 3 މިސައިލް ފާހަގަ ކުރެވިފައެވެ. މި މިސައިލް ތައް ފޮނުވާލައިފައި ވަނީ 20 މިނެޓް ދޭތެރޭގައެވެ. ޕެސިފިކް ކޮމާންޑް އިން ބުނެފައި ވަނީ މި މިސައިލް ތަކަކީ އެމެރިކާ ނުވަތަ ގުއާމް ހިސާބަށްވެސް ފޯރާނެ މިސައިލްތައް ނޫން ކަމަށެެވެ. މީގެ ތެރެއިން ދެ މިސައިލް ނާކާމިޔާބްވީ އުދުހުމުގެ ތެރެއިންނެވެ. އަނެށް މިސައިލް އުދުއްސާލި ތަނާ ގޮވީއެވެ.

އެމެރިކާ އަދި އުތުރު ކޮރެއާއި ދެމެދު ވަރުގަދަ ބަހުގެ ހަމަލާތައް ވަނީ ބަދަލު ކުރެވިފައެވެ. އަދި އުތުރު ކޮރެއާއިން ނިއުކްލިއާ ހަމަލާއެށް ދީފާނެ ކަމުގެ އިންޒާރުވެސް އެ ގައުމުން ދީފައެވެ. އަދި އެފަދަ ހާލެތެއްގައި އެމެރިކާ މަޑުން ނޯންނާނެ ކަމަށް އެމެރިކާ ރައީސް ވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެއާއިން ކުރުރާސްތާ މިސައިލް ފޮނުވާލައިފައި މިވަނީ އެގައުމުން އަބަދުވެސް ކުރު ރާސްތާ މިސައިލް ޓެސްޓު ކުރާ ސަރަހައްދަކަށް ކަމަށް އަސްކަރީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެހެން ކަމުން މިއީ އެއްވެސް ހާލަތެއްގައި ހަމަލާއެށް ކަމަށް ނުބެލެވެއެވެ.