English Edition
Dhivehi Edition

ރާއްޖެ އަށް ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ

މި މައްސަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.ޤަވައިދާއި ހިލާފަށް އެތެރެވެފައިވާ ބިދޭސީން ރާއްޖޭގެ ސަލާމަތަށް ނުރައްކާކޮށް، ސަލާމަތީ ބާރުތަކާއި މީހުންގެ މުދަލަށް ގެއްލުން ދެމުންދާތީ އެކަންކަން ކުށްވެރިކޮށް ހަލީމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރާއްޖެ އަށް ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާ ގޮތް ބަލާ އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކަށް ގޮވާލާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި ދެ މައްސަލަ ހުށަހަޅާފައި އޮތުން ބަހުސް ކުރާނެ މައްސަލައެއް ހޮވުމަށް ނެގި ގުރުއަތުން ހޮވިފައި ވަނީ ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލައެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު ފަހަކަށް އައިސް އެކިއެކި ކަންތައްތަކާއި ގުޅިގެން މުޒާހަރާކޮށް، މާރާމާރީ ހިންގުން އާންމުވެފައިވާއިރު މިއަދުވެސް ހުޅުމާލޭގައި ބިދޭސިންނާއި ފުލުހުންނާއި ދެމެދު ވަނީ ކުރިމަތިލުމެއް ހިނގާފައެވެ.