English Edition
Dhivehi Edition
ފޮޓޯ/ ޓްވިޓާ

ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދާ، ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުލިބޭ މައްސަލައިގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

އެމީހުން މުޒާހަރާކުރަން ފަށާފައިވަނީ މުސާރަ ދިނުމަށް ދިން މުހުލަތު ހަމަވި އިރުވެސް އެ ބިދޭސިންނަށް މުސާރަ ދީފައި ނުވާތީއެވެ.

މި މުޒާހަރާ ކޮންޓްރޯލްކުރުމަށް އެ ސަރަހައްދަށް ދިޔަ ފުލުހުންނާއި ބިދޭސީންގެ ދެމެދު ހަމަނުޖެހުން ހިނގާފައިވާއިރު މަންޒަރު ދުށް މީހަކު ބުނީ ބިދޭސީން ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންނާ ދިމާއަށް ގަލާއި ލަޓިބުރި އުކައި ހަމަލަދީފަ އެވެ. އަދި މި ހަމަލާގައި ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު ފުލުހެއްގެ ބޯ ވެސް ފަޅާލާފައިވާ ކަމުގެ މައުލޫމަތުވެސް ވަނީ ލިބިފައެވެ. މީގެ އިތުރުން ފުލުހުންގެ ވެހިކަލަކަށްވެސް ގެއްލުންވެފައިވާއިރު މިހާރު މި މުޒާހަރާ ކޮންޓްރޯލްކުރެވިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިހާރު ހުރިހާ ބިދޭސީން ލޭބާ ކުއާޓަރަށް ވައްދާފައިވާއިރު މި މައްސަލަ ސުލްހަވެރިކަމާއެކު ނިންމުމަށް އެސްއޯ ފުލުހުން އަންނަނީ އެމީހުންނާއި ވާހަކަދައްކަމުންނެވެ.

ހުޅުމާލޭގައި ބިދޭސީން މުޒާހަރާ ކޮށްފި

މިމަހުގެ 06 ވަނަ ދުވަހުވެސް މި ކުންފުނީގެ މުއައްޒަފުން މުޒާހަރާކޮށްފައިވާއިރު، އެ މުޒާހަރާގައި އެމީހުންވަނީ 08 މަސްދުވަސް ދުވަހުގެ މުސާރަ ނުދޭކަމަށް ބުނެ އަޑުއުފުލާފައެވެ. އެ މުޒާހަރާ ހުއްޓާލީ، މުސާރަ ދިނުމާ ގުޅޭ ކަންކަމުގައި މި މަހުގެ 10ގައި ގޮތެއް ނިންމާނެ ކަމަށް އެއްބަސްވުމުންނެވެ. އަދި އެ ތާރީޚު އައުމުގެ ކުރިން އެލަވަންސެއް ދީފައިވާއިރު އަދިވެސް އެއްވެސް މީހަކަށް ފުލް މުސާރައެއް ދީފައި ނުވެއެވެ.