English Edition
Dhivehi Edition

ހިކަނދި ފަތަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ.ހަމަ އެހެންމެ ދިވެހީން ގެ ތެރޭގައި ވެސް މިފަތަކީ ވަރަށް އާންމު ކޮށް މީހުން ބޭނުން ކުރާ ފަތެކެވެ.އެހެންކަމުން މީގައިން ލިބިދޭ ސިއްޙީ ފައިދާތައް އެގުމަކީ މުހިންމު ކަމެކެވެ.

ހިކަނދި ފަތަކީ ހަކަތަ،ފައިބާރ،ކެލްސިއަމް،ފޮސްފަރަސް،ދަގަނޑު،ވިޓަމިންސް އޭ،ބީ،އީ ލިބިދޭ އަދި ހިތުގެ މަސައްކައްތައް ރަނގަޅު ހަށިގަނޑުގެ ހުންނަ ޖަރާސީމު ނައްތާލާ ހަމަ އެހެންމެ ގައިގެ ހަންގަނޑު އަދި އިސްތަށިގަޑު ރީތި ކޮއްދޭ އެއްޗެކެވެ.

ހިކަނދި ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތަކުގެ ތެރޭގައި ބޭރަށްހިންގުން ހުއްޓުވުމާއި، ބަނޑާއި ގޮހޮރުގެ ރައްކާތެރިކަން ލިބުމާއި، ހަކުރު ބަލި އަދި ސަރުބީ ދަށްކުރަން ފައްސޭހަވުމާއި، ލޮލުގެ ފެނުން ރަގަޅުކޮށްދިނުމާއި، ކެންސަރާއި އިންފެކްޝަން ތަކުން ރައްކާތެރިކޮއްދިނުމާއި، އިސްތަށީގެ ދުޅަހެޔޮކަން ދެމެހެއްޓުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަކަންތައް ހިމެނެއެވެ.

ހިކަނދިފަތް ބޭނުންކޮއްގެން އެކިއެކި ބަލިތަކުން ރައްކާތެރި ވުމައްޓަކައި ޖޫސް ވެސްތައްޔާރު ކޮއްލެވިދާނެއެވެ.އޭގެ އިތުރަށް މޫނާ ހަމުގެ ރީތި ކަން އިތުރުކުރުމައްޓަކާ ފޭސްޕެކް ވެސް ތައްޔާރު ކޮއްލެވިދާނެއެވެ.އިސްތަށިގަނޑު ވަރުގަދަ ކުރުމަށާއި ދިގުކުރުމައް ބޮލުގަ ހާކަން މިވަރެއް ނެތެވެ.

ހިނކަދި ފަތަކީ ފަސޭހައިން ލިބޭ އެހާމެ ގިނަ ބަލިތަކުގެ ޝިފާއެކެވެ.