English Edition
Dhivehi Edition
ޖުމައްޔިލް : ފޮޓޯ އަވަސް

ޖިންސީ އަނިޔާގެ ތުހުމަތު ކުރެވުމާ ގުޅިގެން ފިލްމީ ތަރި ޖުމައްޔިލް ނިމާލްއާއެކު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަމަށް ޑާރކްރެއިން އެންޓަރޓެއިންމަންޓުން ބުނެފިއެވެ.

ޖުމައްޔިލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އަންހެނަކު ވަނީ އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ތަފްސީލުކޮށް ކިޔައިދީފައެވެ. ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އެ އަންހެން މީހާ ބުނެފައިވަނީ، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޖުމައްޔިލް އެ އަމަލު އޭނާއާ މެދު ހިންގި އިރު، އޭނާ ވާނީ 17 އަހަަރު ކަމަށެވެ.

މަޝްހޫރު ޕްރޮޑަކްޝަން ހައުސް، ޑާރކްރެއިން އެންޓަޓެއިންމަންޓުން ބުނީ އެކުންފުނީގެ ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ޖުމައްޔިލް ނިމާލް އާ ގުޅިގެން ކޮށްފައިވާ ކަންބޮޑުވާންޖެހޭ ތުހުތަމަތުތައް އެ ކުންފުންޏަށްވެސް އެނގިފައިވަނީ، އެ ތުހުމަތުތައް ސޯޝަލް މީޑިއާގައި އާންމުވީ ހިސާބުންކަމަށެވެ.

ޖުމައްޔިލް އާއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ކެންސަލުކޮށްލަން ނިންމިއިރު އޭނާ ލީޑް ރޯލުން ފެނިގެންދާ ފިލްމެއް ކަމަށްވާ “ނޮވެމްބަރު” މި މަހުގައި ދެއްކުމަށް ކުރީން ވަނީ ނިންމާފައެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމު ލަސްކޮށްފައިވާއިރު އެ ފިލްމުގެ ހުރިހާ މަސައްކަތެއް އެއްކޮށް އޮތީ ނިމިފައެވެ

ޖިންސީ އަނިޔާއާއި، ރޭޕް ގެ އެއްވެސް އަމަލެއްވެސް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއް ޑާރކްރެއިން އެންޓަޓެއިންމަންޓުން އެއްވެސް އިރެއްގައި ގަބޫލުނުކުރާނެކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ. އަދި މިފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނާއެކު އެ ކުންފުނިން އަބަދުވެސް ތިބޭނެކަމަށް ވަނީ ބުނެފައެވެ.