English Edition
Dhivehi Edition

އޭއޯ ޗެނަލުގެ ފުރަތަމަ ވީޑިއޯ ލަވަ ” ޕަރީ” ރޭ ލޯންޗްކޮށްފިއެވެ.

މިއީ ދިވެހި ފަންނާނުންގެ ތެރެއިން މަޝްހޫރު ޝަހުޒާ ޙުސެއިން (ޝަހޫ) އާއި އަހްމަދު އަމަން އަލީ (ޓޮމް) ގެ ތިނެސްކަން ލޯބި ދައްކުވައިދޭ ރީތި ލަވައެކެވެ.

http://web.facebook.com/www.aonews.mv/videos/719684238820254/?t=2

ސޯޝަލް މީޑިއާގައި ރޭ ލޯންޗް ކުރި މި ލަވައިގެ ލިރިކްސް ހަދާފައިވަނީ އަޙްމަދު އިސްމާއީލެވެ އަދި އަޙްމަދު ޝިފާއު ލަވަކިޔާފައިވާއިރު ލަވައިގެ މިޔުޒިކް ހަދާފައިވަނީ ކުޑައިންތިއެވެ.

ލަވައިގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވަނީ އައްޑޫސިޓީގައެވެ. މީގެ ތެރޭގައި އައްޑޫސިޓީގެ ހިތަދޫގައި އަލަށް ހަދަމުން އަންނަ ސިޓީސްކެއާގައި ވެސް ބައެއް މަންޒަރުތައް ވަނީ ނަގާފައެވެ.

އޭއޯ ޗެނަލުން ތައްޔާރުކުރި ފުރަތަމަ ލަވަ “ޕަރީ” ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާއިރު އޭއޯ އިން އަންނަނީ އޭއޯގެ ފުރަތަމަ ސިލްސިލާ ޑްރާމާ އަށް ވެސް ތައްޔާރުވަމުންނެވެ. ޖުލައި މަހުގައި މި ޑްރާމާގެ މަސައްކަތް ފަށާއިރު ފުރަތަމަ އެޕިސޯޑު ޖުލައި މަހުގެ ފަހުކޮޅު ގެނެސްދެވޭނެއެވެ.

އައްޑޫސިޓީގައި މުޅިން އަލަށް ފަށައިގެން ސޯޝަލް މީޑިއާގައި ހިންގަމުން އަންނަ “އޭއޯ ޗެނަލް” އިން މިހާރު އަލަށް ފަށާފައިވާ ޕްރޮގްރާމު ތަކުގެ ތެރޭގައި އައްޑޫގެ ޒުވާނުންނަށް ޚާއްޞަ “ރަށިކުދިން” ޕްރޮގްރާމް އާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ “އަފިރިންގެ ވާހަކަ” ގެ އިތުރުން އައްޑޫގެ އެންމެ ފަހުގެ މުހިއްމު ކަންތައްތަކާއި ބެހޭ މައުލޫމާތު ގެނެސްދިނުމަށް “އެންމެ ފަސް” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމު ހިމެނެއެވެ. މީގެ އިތުރުންވެސް މުޅިން އަލަށް ގިނަ ޕްރޮގްރާމުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މި ޕްރޮގްރާމުތަކުގައި އިޝްތިހާރު ހިމެނުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

http://web.facebook.com/www.aonews.mv/videos/719684238820254/?t=120