English Edition
Dhivehi Edition
ފޮޓޯ: ޓީއޯއައި

ބޮލީވުޑްގެ އަރަމުން އައި ތަރިި ސުޝާންތް ސިންގް ރާޖްޕުޓްގެ މަރާއެކު ބޮލީވުޑަށް އަދި މުޅި އެގައުމުގެ އިތުރުން އޭނަގެ އެތައް ފޭނުންނަށް ލިބުނީ ބޮޑު ޝޮކެކެވެ. ހާއްސަކޮށް އޭނަގެ ބައްޕައަށް ލިބުނީ ކުއްލި ޝޮކެކެވެ. ގަބޫލު ކުރަން ދަތި ވީނަމަވެސް ފޯނުކޯލަކުން ލިބުނު އެހަބަރުން ބައްޕަގެ ހިތް ކުދި ކުދި ވިއެވެ.

ސުޝާންތްގެ މަރަށް ފަހު އޭނަގެ ބައްޕަ ނޫހަކަށް ދިން އިންޓަވިއު އެއްގެ ތެރެއިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބް ދެމުން ބުނީ، ދަރިފުޅުގެ ޖަނާޒާގައި ވަރަށް ގިނަމީހުން ބައިވެރި ވިކަމަށާއި ގިނަ މީހުން ކޮވިޑްގެ ސަބަބުން މާސްކް އަޅައިގެން ތިބުމުން ކޮންބައެއް ކަން ވަކި ކުރަން ނޭނގުނު ނަމަވެސް ހަމަ އެކަނި އޭނައާއި ވާހަކަ ދެއްކި ބޮލީވުޑްގެ ތަރިއަކީ ކްރިތީ ކަން އޭނައަށް އެނގުނު ކަމަށެވެ.

“ނޫސްވެރިޔާ ބުނީ ޖަނާޒާގައި ބޮލީވުޑްގެ ތަރިން ބައިވެރި ވީތޯ އާއި ވާހަކަ ދެއްކީ ކިތައް ތަރިން ކަން ބުނެވިދާނެތޯ؟ އަހަރެން ނާ ކުޑަކޮށް ދުރުގައި ހުރި އަންހެނެއް ބުނި ސުޝާންތް އަކީ ވަރަށް ރަނގަޅު މީހެއްކަމަށް. ދެން އަހަރެން ހުރީ އެމީހާ ދެއްކި ވާހަކަ އަޑުއަހައިގެން. އޭނަ ދިޔައިމަ ކައިރީގައި ހުރި މީހަކު ބުނީ އެއީ ކްރިތީ އޭ. ކާކުކަން ކަށަވަރު ނުވިނަމަވެސް ޖަނާޒާގެ ތެރެއިން ސުޝާންތް އާ ބެހޭ ގޮތުން އަހަންނާ ހަމަ އެކަނި ވާހަކަ ދެއްކީ އެމީހަކު އެކަނި” ކްރިޝްނާ ކުމާރު ސިންގ ބުންޏެވެ.

އިތުރަށް ކްރިޝްނާ ކުމާރު ސިންގ ބުނީ އޭނަގެ ދަރިފުޅުގެ އުފަން ސިޓީ ބިހާރަށް އެތައް ކަމެއް ކޮށް ދިނުމަށް އޭނަ ނިންމާފައިވާ ކަމަށެވެ. އެގޮތުން ބިހާރުގައި ސްކޫލެއް އެޅުމާއި ހޮސްޕިޓަލެއްގެ އިތުރުން ކޮލެޖެއްވެސް އެޅުމުގެ ހުވަފެން އޭނަ ދެކެމުން އައި ކަމަށް ބައްޕަ ބުންޏެވެ.

އުމުރުން 34 އަހަރުގެ ސުޝާންތް، ބަންޑްރާގައި ހުންނަ އޭނަގެ ގޭގައި ދަންޖެހިގެން މަރުވެފައިވަނީ ޖޫންމަހު 14ވަނަ ދުވަހުއެވެ. އޭނަގެ ޖަނާޒާ ބާއްވާފައިވަނީ ބޮލީވުޑްގެ ބައެއް ތަރިންނާއި ހެޔޮއެދޭ ގާތް މީހުންނާއެކު ޖޫން 15ވަނަ ދުވަހު އެވެ. ސުޝާންތް ގެ މަރުވުމުގެ ފަހަތުގައި ބައެއްގެ އަތެއްވާކަމަށް ބުނެ އޭނާގެ ބޭބެ މައްސަލަ ހުށަހެޅުމުން ފުލުހުންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. ސުޝާންތު މަރުވި އިރު އޭނާ ދިޔައީ ޑިޕްރެޝަން އަށް ބޭސްކުރަމުންނެވެ.