English Edition
Dhivehi Edition

ބޯޓަކުން މޫދަށް ވެއްޓިގެން ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ތިލަފުށީ އުތުރުގައި އަޅާފައިއޮތް “ގޭސް އެޓްލާންޓިކް” ނަމަކަށް ކިޔާ ބޯޓަކުން ބިދޭސީން މޫދަށް ވެއްޓިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ ރޭ 22:20 ހާއިރު އެވެ. އެއާއެކު އެމްއެންޑީއެފްގެ ސިފައިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ މީހަކު މޫދަށް ވެއްޓި ގެއްލުނީ ތިލަފުށި ކައިރީގައި އަޅާފައި އޮތް “ގޭސް އެޓްލާންޓިކް” ބޯޓުގައި އުޅުޏު ބިދޭސީއަކު ކަމަށެވެ. އޭނާއާ އެކުގައި ދެވަނަ މީހަކު ވެސް ވެއްޓުނު ކަމަށާއި އެ މީހާ އެ ސަރަހައްދުން ދަތުރުކުރި ޑިންގީއަކަށް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނެއް މީހާ ނުފެނިގެން ހޯދަމުންދަނިކޮށް ދެގަޑިއރު ފަހުން އެމީހާ ފެނުނީ މޫދުގެ އަޑީގައި މަރުވެފައި އޮއްވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ކޯސްޓްގާޑްގެ ޑައިވަރުންނަށް މި މީހާގެ ހަށިގަނޑު ފެނުނީ 51 މީޓަރު އަޑީގައި އޮއްވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި މޫދަށް ވެއްޓުނު ބިދޭސީންނަކީ ކޮންމެ ޤައުމަކަށް ނިސްބަތްވާ ބައެއްކަމެއް އަދި އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.