English Edition
Dhivehi Edition

ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ކަމަށާއި އެ ނިޒާމް ގެންނަ ނަމަ، ދާންޖެހޭނީ ރައްޔިތުންގެ ކައިރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

“ބަރުލަމާނީ/ ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިމިފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންްގެ”ގާތަށް” ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭރަށް ދާނެ ކަމަކަށް އެއްވެސް އިރެއްގައި ގަބޫލެއް ނުކުރައްވަވާ ކަމަށެވެ.

“ސަރުކާރުން ކުރާ ކަންކަން މަޖިލީހުން ބަލަން ޖެހޭނެ . އަޅުގަނޑުމެން އެއަށް ޖަވާބުދާރީ ވެސް ވާން ޖެހޭނެ. އަޅުގަނޑަށް ފެންނަނީ މި އިމުގެ ތެރޭގައި ހުރިހާ ބާރުތަކެއް، އެއީ ޖުޑީޝަރީ ވެސް މަޖިލިސް ވެސް ސަރުކާރު ހިނގަމުންދާތަން.” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރައީސް ކަމުގެ މަގާމުގައިހުންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެގެންކަމަށާއި ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށްކަމަށެވެ. އަދި މި ނޫން ކަމަކަށް ސިކުނޑިއާއި އެހެން ކަންކަން ހުސްކުރަން ބޭނުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.