English Edition
Dhivehi Edition
އެމްޓީސީސީ ޓަވަރ - ފޮޓޯ: މުޙައްމަދު މުޒައްޔިން ނާޒިމް (ސަން)

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ)އަކު ހޯދަން އިޢުލާންކޮށްފި އެވެ.

އެމްޓީސީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސީއެފްއޯގެ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފެއް ބޭނުންވާ ކަމަށެވެ.

އެ މަޤާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް:

  • އެސޯސިއޭޝަން އޮފް ޗާރޓަރޑް ސަރޓިފައިޑް އެކައުންޓަންޓް (އޭ.ސީ.ސީ.އޭ)، ނުވަތަ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް (ސީ.ޕީ.އޭ)، ނުވަތަ ސަރޓިފައިޑް ޕަބްލިކް އެކައުންޓަންޓް (ސީ.ޕީ.އޭ)، ނުވަތަ ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް _(ސީމާ)، ނުވަތަ އައި.އެފް.އޭ.ސީ އިން ބަލައިގަންނަ އެހެން ޕްރޮފެޝަނަލް އެކައުންޓީންގ ބޮޑީއެއްގެ މެމްބަރުކަން ޙާޞިލުކޮށްފައިވުން.
  • ސަރޓިފައިޑް އިންޓަރނަލް އޮޑިޓަރ (ސީ.އައި.އޭ) ގެ ޕްރޮފެޝަނަލް ފާސް ޙާޞިލުކޮށްފައިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އެންމެ މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެއިގެ ތެރެއިން 5 އަހަރަކީ ފައިނޭންޝަލް އަދި ކޯރޕަރޭޓް ރިޕޯޓިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާކަމުގައިވުން.
  • ކޯރޕަރޭޓް މާހައުލެއްގައި މަދުވެގެން 5 އަހަރު ދުވަހު ސީނިއަރ މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކޮށްފައިވުން.
  • އައި.އެފް.އާރް.އެސް އަށް ފަރިތަވުން.

ނުވަތަ

  • އެކައުންޓިންގ، ފައިނޭންސް ނުވަތަ އެއާއި އެއްފަދަ އެހެން ދާއިރާއަކުން މާސްޓަރޒް ޑިގްރީ ޙާޞިލުކޮށްފައިވުން.
  • އެންމެ މަދުވެގެން 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެއިގެ ތެރެއިން 6 އަހަރަކީ ފައިނޭންޝަލް އަދި ކޯރޕަރޭޓް ރިޕޯޓިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާކަމުގައިވުން.
  • ކޯރޕަރޭޓް މާހައުލެއްގައި މަދުވެގެން 5 އަހަރު ދުވަހު ސީނިއަރ މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކޮށްފައިވުން.
  • އައި.އެފް.އާރް.އެސް އަށް ފަރިތަވުން.

އެމްޓީސީސީން ބުނީ ސީއެފްއޯގެ މުސާރަ އާއި އިނާޔަތްތައް އަދި ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ ކަމަށެވެ.

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖޫން 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް “ޖޮބް އެޕްލިކޭޝަން ފޯރމް” ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅަންޖެހޭނެއެވެ. އަދި މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 29 ޖޫން 2020 އާއި 09 ޖުލައި 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.