English Edition
Dhivehi Edition

މަޝްހޫރު ފެންޓެސީ ފްރެންޗައިޒް ‘ލޯޑް އޮފް ދަ ރިންގްސް’ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ސާ އިއަން ހޯމް މަރުވެއްޖެއެވެ.

އުމުރުން 88 އަހަރުގެ އިއަން ހޯމް މަރުވެފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އޭނާގެ އޭޖެންޓް ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ، ޕާކިންސަންއާ ގުޅުންހުރި ބައްޔަކަށްފަރުވާކުރަމުން އައި އިއަން މަރުވިއިރު ހޮސްޕޮޓަލްގައި އޭނަގެ އާއިލާއާއި ގާތް ފަރާތްތަކުން ތިބި ކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ. “އޭނައަކީ ހިތްހެޔޮ، އޯގާތެރި، ހުނަރުވެރިއެއް. ވަރަށް ބޮޑަށް ހަނދާންވާނެ” އިތުރަށް ބަޔާނުގައި ބުނެފައިވެއެވެ.

ޒލޯޑް އޮފް ދަ ރިންގްސް އިން ބިލްބޯ ބެގިންސްގެ ރޯލުން ފެނިގެންދިޔަ އިއަން ހޯމް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހެންރީ ވީ، ޗެރިއެޓްސް އޮފް ފަޔާ އާއި 1979 ވަނަ އަހަރު ރިލީޒްކުރި މަޝްރޫހު ފްރެންޗައިޒް “އޭލިއަން” ހިމެނެއެވެ. 1981 ވަނަ އަހަރު ނެރުނު ޗެރިއެޓްސް އޮފް ފަޔާގައި ކުޅުނު މޮޅު ރޯލަށް އޮސްކާ ނޯމިނޭޝަން އެއްވެސް ލިބިފައިވާއިރު އޭނާގެ މޮޅު އެކްޓިންގެ ސަބަބުން، ގިނަ އެވޯޑްތަކެއްވެސް ވަނީ ހާސިލްކޮށްފައެވެ.