English Edition
Dhivehi Edition
މަލާލާ ޔޫސުފް ޒާއީ-ޑިގްރީ ނިންމާލުމަށްފަހު އުފާފާޅުކުރުމުގެ ތެރެއިން

ދުނިޔޭގެ ސުލްޙައިގެ ނޯބަލް އިނާމް ޢުމުރުން އެންމެ 17 އަހަރުގައި ޙާސިލް ކޮށްފައިވާ މަލާލާ ޔޫސުފް ޒާއީ އޭނާގެ ތަޢުލީމީ ޙަޔާތުގެ މުހިއްމު ހަރުފަތެއް ނިންމާލައިފިއެވެ. ޕާކިސްތާނަށް އުފަން ޢުމުރުން 22 އަހަރުގެ މަލާލާ ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއިން ޕޮލިޓިކްސްއާއި ފިލޯސަފީ އަދި އިކޮނޮމިކްސް ގެ ރޮނގުން ޑިގްރީ ޙާސިލް ކޮށްފައެވެ.

ގްރެޖުއޭޓް ވުމަށްފަހު ކުރި ޓުވީޓެއްގައި އޭނާ ބުނެފައިވަނީ ކުރިއަށް އޮތީ ކޮންކަމެއް ކަން އޭނާއަށްވެސް ނޭނގޭ ކަމަށާއި މިވަގުތު ނިދުމާއި ކިޔުމާއި ނެޓްފްލިކްސްގައި ވަގުތު ހޭދަކޮށްލާ ކަމަށެވެ.

މަލާލާވަނީ އަންހެނުން ތަޢުލީމު އުނގެނިގެން ނުވާނެ ކަމަށް ބުނެ 2012 ވަނަ އަހަރު އޭނާގެ ބޮލަށް އަމާޒުކޮށް ތާލިބާނުން ދިން ބަޑީގެ ނުރައްކާތެރި ޙަމަލާއިން ސަލާމަތްވެފައެވެ.

ސްކޫލުން އެނބުރި ގެއަށް އައި މަގުމަތީގައި ދިން އެޙަމަލާ ވަނީ އޭނާގެ ބޮލާއި ކަނދުރާއާއި ކަރަށް އަރާފައެވެ. ޙަމަލާއަށް ފަހު އިތުރު ފަރުވާއަށް އިނގިރޭސި ވިލާތަށް މަލާލާއާއި އޭނާގެ ޢާއިލާ ބަދަލުވި ފަހުން އެޢާއިލާ ދިރިއުޅެނީ އެޤައުމުގެ ބާމިންހަމްގައެވެ.

މަލާލާ ވަނީ އޭނާގެ ކާމިޔާބީގެ އުފަލުގައި ޢާއިލާ އާއެކު ކޭކު ފެޅުން ބާއްވައި އެކަން ޓުވިޓާގައި ޙިއްސާ ކޮށްފައެވެ.