English Edition
Dhivehi Edition
29 މޭ 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެކުލަވާލި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ ޙިއްޞާކުރައްވައިފިއެވެ.

މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ، މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީއަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއާއި، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރުއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޙިއްޞާކުރައްވާފައިވާ ޚިޔާލުތައް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއެކު، އެ ޚިޔާލުތައް މިނިސްޓްރީ އޮފް ޓޫރިޒަމްއާ ޙިއްޞާކުރުމަށެވެ.

އަދި، ކޮވިޑް -91 ގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އައުމަށާއި، ފްލައިޓްތައް ޖެއްސުންފަދަ ކަންކަމަށް ނަގަމުންއައި ފީއެއް ނުވަތަ
ޓެކްސްއެއްގެ އިތުރުން އެއްވެސް ފީއެއް ނުވަތަ ޓެކްސްއެއް ނުނެގުމަށާއި، އަދި، ކަރަންޓީން ނުވެ، ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައިދެއްވުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމާފައިވާއިރު، ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލާއިރު އެއްވެސް އިތުރު ފީއެއް ނުނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީންވެސް ވަނީ ކުރިން ބުނެފައެވެ.