English Edition
Dhivehi Edition

ހަތަރު ކުޅިވަރަކުން ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އައްޑޫސިޓީ ހުޅުމީދޫގައި މިއަދު ފަށައިފިއެވެ. މިއީ “ސްޕޯޓްސް ޑިޕްލޮމަސީ” ގެ ނަމުގައި ހިންގާ ޕްރޮގްރާމެކެވެ. މިއީ އައްޑޫސިޓީ ފުލުހުންނާއި ޕަބްލިކް އެފެއާޒް ޑިޕާޓްމެންޓް ގުޅިގެން ހިންގާ ހަރަކާތެވެ. މި ޕްރޮގްރާމުގައި ހިމެނޭ ހަތަރު ކުޅިވަރަކީ ހޭންޑްބޯލް، ފުޓުސަލް، އެތުލެޓިކްސް، ވޮލީ އެވެ. މި ހަތަރު ކުޅިވަރުގައި ޖުމްލަ 26 ޒުވާނުން ބައިވެރިވެފައިވެއެވެ. މިއީ މިކުޅިވަރުތަކުން ކޯޗުންގެ ގޮތުގައި ކުރިއަށްދިޔުމަށް ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ހަރަކާތުގައި ތަމްރީން ދެއްވާނީ މިކުޅިވަރުތަކުގެ ތަޖުރިބާހުރި ދިވެހި ކޯޗުންނެވެ. މިހަރަކާތް ކުރިއަށް ގެންދާނީ މިމަހުގެ 15 އިން 25 އަށެވެ. “އަޅުގަނޑުމެންގެ މަގުސަދަކީ ޒުވާނުން ބާރުވެރިކޮށް، ކުށުގެ ވެށިންނެރެ ރަށުގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި އެއްޗެހި ބުނެދެވޭނެ ފެންވަރުގެ މީހުން މުޖުތަމައަށް ނެރުން،” އައްޑޫސިޓީގެ ގަންޕޮލިސް ސްޓޭޝަންގެ އިންޗާޖު ޗީފްސްޓޭޝަން އިންސްޕެކްޓަރ އަފްރާހު ހުސައިން ވިދާޅުވިއެވެ.