English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރާ މުއައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓަރ ހުސައިން ޒިޔާޢު ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ އެ އިދާރާގެ މެއިންޓެނެންސްގައި ބައިގައި މަސައްކަތްކުރާ ފިރިހެން މުއައްޒަފެއްކަމަށެވެ. އަދި އެ އިދާރާގެ މުއައްޒަފަކުު ޕޮޒިޓިވްވުމާއި ގުޅިގެން ދެން މަސައްކަތް ކުރިއަށް ގެންދާނީ އެޗްޕީއޭގެ ލަފާގެ މަތިންކަމަށް ޒިޔާޢު ވަނީ ވިދާޅުވެފައެވެ. ޕޮޒިޓިވްވި މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު މަޖިލީސް އިމާރާތް ވަނީ މޮނީޓަރިންގެ ހަލާތަށް ގެނެސްފައެވެ.

ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން މާލެ ލޮކްޑައުންކުރުމާއި ގުޅިގެން 31 މާރިޗް އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިން ކޮށް ކުރިއަށް ގެންގޮސްފައިވާއިރު މަޖިލީހުގެ އިދާރީ މުއައްޒަފުންވެސް މަސައްކަތްކޮށްފައިވަނީ ގޭގައި ތިބެގެންނެވެ. މިދިޔަ ހަފްތާގައި އެ އިދާރާގެ މުއައްޒަފުން ވަޒީފާއަށް ނެރެފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެހެންނަމަވެސް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއި ގުޅިގެން މި ހަފްތާގައި މަޖިލީހުގެ ހުރިހާ މުއައްޒަފުންވަނީ ވަޒީފާއަށް ނިކުމެފައެެވެ.

ޓެގު